ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން އެޗް-1 ގެ އެޕާޓްމަންޓްތަކުން މާދަމާގެ އެކި ވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ހުޅުމާލޭގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ.

އެހެންވެ، މާދަމާގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު ހިޔާގެ އެއްވަނަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން 30 ވަރަކަށް މިނެޓަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.