ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ސަނާބިލް އިމާރާތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.
ސަނާބިލް އިމާރާތް ހަދާ ހުޅުމާލެ ލޮޓް ނަންބަރު 11528ގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެތަން އިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވައިފައެވެ.
އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް މަޝްރޫއަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހަދަން ނިންމާފައިވަނީ ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެކެވެ. އެގޮތުން އެ އިމާރާތުގައި އޮފީސް ޖާގަތަކާއި ފުޑް ކޯޓާއި މީޓިން ރޫމްތަކާއި އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނޭނެ އެވެ.
އެ މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް ހެދުމަށް ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ މަޝްރޫއެވެ. އެ މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއް މަސް ދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު (ސުކޫކު އިސްތިސްނާއު) ސަބްކްރިޕްޝަންއަށް މިދިޔަ އޮގަސްޓު 11 ގައި ހުޅުވާލި ފުރުސަތުގައި ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކުން އެކަންޏެވެ.
އައިޔޫއެމްގެ ސަނާބިލް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)