ފުލުހުންގެ ބެލުމުގެދަށުގައި ހައްޔަރުކޮށްގައި ހުއްޓައި ފިލައިގެންދިޔަ މީހަކު ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލާން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ ގދ. ވާދޫ/ ދިއްގާގަސްދޮށުގޭ، އަލީ ޝަމީމް (27އ) ގެ މައްޗަށެވެ.
އަމިއްލަ ގޭގައި ބަނގުރާ އުފައްދައި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 23 ޖުލައި 2024 ވަނަ ދުވަހު ޝަމީމް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހަމަ އެ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކުރިއެވެ.
އޭނާ ފިލީ، ޖަލުގައި ބަންދުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ވާދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓައެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ނެޖެރަލް އޭނާގެ މައްޗަށް ކުރީ، ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުމުގެ ކުށުގެ ދައުވާއެވެ.
ކޯޓުގައި އެ ދައުވާއަށް ޝަމީމް އިއުތިރާޒުވުމުން ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އިބްރާހިމް ޒަކީ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް