ގދ. ފިޔޯރީއަކީ އަށްޑިހަ ހެކްޓަރުގެ ތަނަވަސް ބިމެއް އޮންނަ ރަށެކެވެ. ގުދުރަތުން ރީތި ސިފަތަކެއް ލިބިފައިވުމާއެކު ރަށުގެ ހިތްގައިމު ކަމަކީ ރަށާ އިންވެގެން އެއްފަޅެއްގައި 10 ވަރަކަށް ފަޅުރަށް ރަށުގެ އުތުރުފަރާތުގައި އޮންނަ އޮތުމެވެ. ފިޔޯރީގެ ދެކުނު ފަރާތުގައި އޮންނަ ނަލަ ކުޅިއާއި ރަށުގައި ކުރިޔަށްގެންދާ ދަނޑުވެރިކަމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.
ހާހެއްހާ މީހުން ހަމަނުވާ ފިޔޯރީގައި ލަފާފުރުމަށް މި ވަގުތު ބޭނުން ކުރަނީ ޖެޓީއެކެވެ. އެ ޖެޓީއަކީ އަތޮޅުގެ އެތެރެވަރިއާ ދިމާލަށް ހުޅުވިފައިވާ ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ އަމާން ތަނަކަށްވުމާއެކު ލަފާފުރުމުގައި އެރަށަށް ވަނީ ފަސޭހަތަކެއް ލިބިފައެވެ. ނަމަވެސް މިއަދު ސަރުކާރުން ވަނީ ފިޔޯރީގައި ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ.
ފިޔޯރީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ ފިޔޯރީ ބަނދަރު ތަރައްގީގެ މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަހައްދު ބޮޑު ކުރުމާއެކު ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެހޭނެ ކަމަށެވެ.
ޖަނަވަރީ 26، 2023 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 39 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 400 ދުވަހެވެ.
ފިޔޯރީ ބަނދަރު ތަރައްގީގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 35184 ކިއުބިކް މީޓަރުފެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުން.
- 28.872 ކިއުބިކް މީތަރު ސަރަހައްދުގެ ނެރު ފުންކުރުން.
- 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން.
- 2901 އަކަ މީޓަރުގެ ބެކްފިލްކުރުން.
- 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން.
- 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުން.
- 260 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށިލުން.
- 17 މަގު ބައްތި ހަރުކުރުން.
- 4 ނެރު ބައްތި ހަރުކުރުމާއި 66 މޫރިން ރިނގްސް ހަރުކުރުން.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ