"އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު"ގެ ނަމުގައި އެމްޑަބްލިއުއެސްސީން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުން އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފިއެވެ.

"އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު" ކުރިއަށްގެންދިޔައީ މިއަހަރަކީ އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއި، ރަމަޟާން މަހާ ގުޅުވައިގެންނެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ.

10 އޭޕްރީލް 2025، އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު"ގެ ނަސީބުވެރިން ހޮވުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

ގުރުއަތުން ހޮވިފައިވާ ނަސީބުވެރިންނަކީ، ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރ: ދރ 1672)، މުހައްމަދު ސަރާހް (އުދަރެސް، ތ. ތިމަރަފުށި) އަދި އަލީ ނާޒިމް (ގ. ރަންދެލިގެ، ކ. މާލެ) އެވެ. އެ ފަރާތްތަކަށް އުމްރާ ދަތުރު ހަމަޖައްސައިދެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.

އިއްޔެ އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ތިން ފަރާތަށް އުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި ބޯޑުގެ މެމްބަރުންނެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ސީނިއާ މެނޭޖުމަންޓް ޓީމު އަދި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

10 އޭޕްރީލް 2025، އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު"ގެ ނަސީބުވެރިން ހޮވުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

އެމްޑަބްލިއުއެސްސީން ބުނީ ރަމަޟާން މަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ މަހުގެ އެކަކުން ފެށިގެން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށާއި ނަމަވެސް، އުމްރާ ދަތުރު ފައިސާއަށް ބަދަލުނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

10 އޭޕްރީލް 2025، އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު"ގެ ނަސީބުވެރިން ހޮވުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

"އެކުވެރި ރޯދަ 30: އުމްރާ ތިން ދަތުރު"ގެ ނަމުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވުނު ތިން ފަރާތަށް އެކަން ފާހަގަކޮށް، އެ ކުންފުނީގެ ބޯޑު މެންބަރުންނާއި މެނޭޖުމަންޓް އަދި މުވައްޒަފުންގެ ނަމުގައި ވަނީ މަރުހަބާ ދަންނަވައިފައެވެ.

އެކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ޕީއާރު ނަންބަރު 7209393 އަށް ގުޅުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.