ހދ. ކުޅުދުއްފުށި ކަސްޓޯޑިއަލް ޖަލުގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހދ. ކުޅުދުއްފުށި/ މަނާޒް، ސާޖިދު ސަމީރު، 34އ. އެވެ. އޭނާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އޭނާ އަމިއްލައަށް މަރުވާން އުޅުނީ މިދިޔަ ހުކުރު ދުވަހު އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މޫސާ "ވަން" އަށް ވިދާޅުވީ، އަމިއްލައަށް މަރުވާން އުޅެގެން އެ ހޮސްޕިޓަލަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ގެންދިޔަ މީހާ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހު މަރުވެފައިވާ ކަމަށެވެ.
އޭނާ ދަންޖެހުމުން އެކަމުގެ ތަހުގީގަށް އެޗްއާރުސީއެމް އާއި އެންއައިސީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް