ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުބޫލު ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަށް މިހާރު ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އާޖެންޓީނާ ރައްޔިތެއް ކަމަށްވާ ޑރ. ޑިއޭގޯ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު، އިތުބާރު ބޮޑު ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ ފޯރުކޮށްދޭ ހާއްސަ ފަރުވާތަކުގެ ތެރޭގައި ބަނޑާއި ގޮހޮރުގެ މައްސަލަތަކާއި ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމާ ގުޅުންހުރި އެންމެހައި ފަރުވާތައް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ޑރ. ޑިއޭގޯއަށް ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް ހެދުމުގެ ސަބަބުން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްކުރެވިގެންދާނެ ކަމަށެވެ.
ހާއްސަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ހިދުމަތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓެލެމެޑިސިންގެ ހިދުމަތް ފޯރުކޮށްދެވޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިންނެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ޓެލެމެޑިސިން ފަރުވާއަށް ދިވެހިން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޑރ. ޑިއޭގޯ އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަން ޖެހޭނީ 3351610 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކުރިއަރުވައި، ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.
މުހައްމަދު ސިމާއު
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް