ތ. އަތޮޅުގައި މިމަހު ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އަންނަ ހަފުތާގައި ޑަޔަލަސިސްގެ ހިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ތ. އަތޮޅުުގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންޑޫގައި ކަމަށާއި މިމަހުގެ ތެރޭގައި ނ. ވެލިދޫގައިވެސް ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޑަޔަލިސިސްގެ ހިދުމަތް އެންމެ ފަހުން ފެށީ ހއ. އިހަވަންދޫގައެވެ. އަދި އެ ހިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ. އަދި ދ. އަތޮޅުގައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް