ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާކުރަން ގިނަ މީހުން ބޭނުންވަނީ އުމުރުން 25 އަހަރުން ދަށަށް ދުންފަތް މަނާކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދެވި ސޯޝަލް މީޑިއާގެ ޕޯލުން ދައްކައިފިއެވެ.
ރާއްޖޭގެ ރައީސަކު ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދެވި ޕޯލުގެ ކުރިން "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓުގެ ފުރަތަމަ ޝޯގައި ރައީސް ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ޒުވާނުން ސަލާމަތްކުރަން "ޖެނެރޭޝަން ބޭން" އެއް ގެނައުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އޭގެ ފަހުން ބޭއްވި ޕޮޑްކާސްޓުގެ ދެވަނަ ޝޯގައި ރައީސް ވަނީ "ޖެނެރޭޝަން ބޭން" ގެންނަވަން ބޭނުންފުޅުވާ ތިން ގޮތެއް ވިދާޅުވެފައެވެ.
އެއީ 2007 އިން އުފަންވާ ކުދިންނަށް ނުވަތަ 2004 އިން އުފަންވާ ކުދިންނަށް ނުވަތަ 2000 އިން އުފަންވާ ކުދިންނަށެވެ.
ރައީސް ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ތިން އިހުތިޔާރަކާ އެކު، އެކްސް އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާންމުންގެ ހިޔާލަށް ދޫކޮށްލައްވައިފައެވެ.
ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކުގެ ޕޯލްގެ މުއްދަތު މިއަދު ހަމަވި އިރު، އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ކަމަށް ޕޯލުގެ ނަތީޖާ އިން ދައްކައެވެ.
ޕޯލްގެ ނަތީޖާ (އެކްސް)
އެކްސްގައި ރައީސް ކުރިއަަށްގެންދެވި ޕޯލަށް 5،501 މީހުން ވޯޓުލިއެވެ.
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން (41 ޕަސަންޓު)
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން (8 ޕަސަންޓު)
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން (51 ޕަސަންޓު)
ޕޯލްގެ ނަތީޖާ (ފޭސްބުކް)
ފޭސްބުކްގައި ރައީސް ކުރިއަަށްގެންދެވި ޕޯލަށް 5،501 މީހުން ވޯޓުލިއެވެ.
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން (23 ޕަސަންޓު)
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން (4 ޕަސަންޓު)
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން (72 ޕަސަންޓު)
ޕޯލްގެ ނަތީޖާ (އިންސްޓަގްރާމް)
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން (43 ޕަސަންޓު)
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން (13 ޕަސަންޓު)
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން (45 ޕަސަންޓު)
ގާނޫނުގައި މިހާރު އޮންނާނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކޭ ގޮތަށެވެ.
ޖެނެރޭޝަން ބޭންގެ މަޝްވަރާތައް ފެށި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެެވެ. އަދި ދުންފަތުގެ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު