މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިއަދުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ އިދާރާއިން ދެމުންގެންދާ އެންމެހައި ހިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި، އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އާންމުންނާ އެންމެ ބޮޑަށް ގުޅިފައިވާ ޕާސްޕޯޓުގެ ހިދުމަތަށް އިމިގްރޭޝަނުން ފަސޭހަތަކެއް ގެންނަމުންދާ އިރު، އެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން އިމިގްރޭޝަނުން އަދި ނިންމައިފައެއް ނުވެއެވެ.
ޕާސްޕޯޓުގެ ހިދުމަތަށް ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރާގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ ކުރިން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދެމުންދިޔައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ.
މާލެ އަންނަން ނުޖެހޭ ގޮތަށް، ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.
ފާތިމަތު ލިއުޝާ
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް