ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ) ގެ މެންބަރު ކަމަށް މއ. ސިގްމާ މުހައްމަދު މުޖުތާޒް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފިއެވެ.
މުޖުތާޒަށް މަޖިލީހުގެ ރުހުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅު، މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން މަޖިލިސް ތަޅުމަށް އިއްވުމުން، އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން އިއުލާން ކުރިއެވެ.
ސީއެސްސީއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، މީގެކުރިން އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މާޗް މަހު، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާ ދެއްވީ، އޭނާ ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.
އިބްރާހިމް ޒަކީ
ކުށް
ކުށް
އެމެރިކާ