އެމްޓީސީސީއާ ހަވާލުކޮށްފައިވާ 175 މަޝްރޫއެއްގެ ތެރެއިން ގިނަ މަޝްރޫއުތަކެއް މިމަހު ފެށިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ އެމްޓީސީސީއާ މިވަގުތު ހަވާލުވެފައިވާ 175 ޕްރޮޖެކްޓު ދެ އަހަރުގެ ތެރޭގައި ނިންމުމަށްޓަކައި މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
"މީގެ ތެރެއިން ގިނަ ރަށްރަށެއްގައި ޕްރޮޖެކްޓުތައް މި އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފެއްޓޭނެ. މީގައި ޓައިމް މި ނަގަނީ މިނިސްޓްރީއަކާއި އެމްޓީސީސީއާ މި ޖެހެނީ އެގްރިމަންޓް ހަދަން މި ޕްރޮޖެކްޓުތަކަށް. އެގްރިމެންޓު ހަދާފައި ފިނޭންސް މިނިސްޓްރީގައި އޮންނަ ޕްރޮކިއުމަންޓް ޕޮލިސީގެ ތެރެއިން އަޅުގަނޑުމެންނަށް ދެން ޕްރޮޖެކްޓަށް ބޭނުންވާ މެޓީރިއަލް އާއި ކުރިއަށްދާން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް ކަންތައްތަކެއް ފައިންޓިއުން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާ އިރު، އެ ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންގެ ފަރާތުން އެ ރަށްރަށަށް ބޭނުންވެފައި ހުރި ދަތި އުނދަގޫ ކަންތައްތައް ހައްލުކޮށްދިނުމަށްޓަކައި ފެށި މަޝްރޫއު ފުރިހަމަވުމުން ރެކޯޑު އަދަދަކަށް މަޝްރޫއުތައް ނިމިގެންދާނެ ކަމަށެވެ.
"ސަބަބަކީ އެމްޓީސީސީ ނޫނަސް އެހެން އެސްއޯއީތަކާ އެއްކޮށް މިކަން ކުރިއަށްދާތީ އަޅުގަނޑުމެން މި ކަންތައްތައް ކުރިއަށްގެންދިއުމަށްޓަކައި ކުރާ މަޝްވަރާތަކުގެ ތެރެއިން ގާތްގަނޑަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތަށް 550 އެއްހާ ޕްރޮޖެކްޓު ނިމިގެންދާ އިރު، މީގެ ތެރޭގައި ވަރަށް މުހިންމު އަސާސީ ކަންތައްތަކެއް މި ހުރިހާ ޕްރޮޖެކްޓުތަކެއްގެ ތެރޭ ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ސައުދީ އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭ މަޝްރޫއުތައް ނިމިގެންދާ އިރު، ހުރިހާ ރަށެއްގައި ހުންނާނީ މުހިންމު ހުރިހާ ވަސީލަތެއް ހަމަޖެހިފައި ކަމަށާއި އޭރުން އިތުރަށް ކުރިއަށްގެންދަން ޖެހޭ މާގިނަ މަޝްރޫއުތަކެއް ހުންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ