ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފިހުން މިއަދު "ވަން" އަށް ބުނީ، ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރަނީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކަމަށެވެ.
"ވައިގެ ބާރު މިން ހުންނާނީ އެވްރެޖުކޮށް 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި. މެދުރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިޔަށް އޮތް ދެ ތިން ދުވަހަށް ބަލާއިރުވެސް." މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މާބޯކޮށް ނުދައްކާ ވިއްސާރައެއް، ނަމަވެސް ވިންޑް މަޑުކޮށްހުރި އިރު ތަންކޮޅެއް ގިނަ އިރު ވެހިލަފާނެ. ވައި ގަދައެއް ނޫން. ކަނޑު ގަދައެއް ނޫން. ބޮޑަށް ވިއްސާރަ އުޅެނީ،" މެޓުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް