ޑިސްކައުންޓް ދިނަސް ރޯދަ މަހުގެ ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސަރުކާރުން ވަނީ ފެން އަދި ކަރަންޓު ބިލުން ވެސް މި ރޯދަ މަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދީފައެވެ.
ކަރަންޓު ބިލުތައް ބޮޑުވެ، ރައްޔިތުންގެ ތެރެއިން ބައެއް އާންމު ފަރާތްތަކުން ދަނީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ރޯދަމަހުގެ ބިލުތަކުގެ ޔޫސޭޖު މަތި ކަމަށާއި ރޯދަމަހުގެ ބިލަށް ޑިސްކައުންޓް ދިނަސް، ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން ކަމަށެވެ.
"ރޯދަމަހާއި ހޫނުމުސުމާ ދިމާވެފައި. ކޮންމެ ގޮތެއްވިޔަސް ޔޫސޭޖު ހައިވާނެ. ސަރުކާރުން ނިންމިގޮތަށް ޑިސްކައުންޓް ނުލިބޭ އެއްވެސް ކަސްޓަމަރެއް ނުހުންނާނެ. ބައެއް މީހުންނަށް މަދު ދުވަސްކޮޅަކަށް ހުންނާނެ އަދާހަމަކުރަންވެގެން މި ކޮޅުން ބިލުތައް ފޮނުވާފައި. އެއީ 16 ،17، 12 ދުވަހުގެ ބިލުތައް ވެސް ހުންނާނެ ބައެއް މީހުންނަށް. އެ ބިލުތަކާ އަޅާ ކިޔަންޏާ އޮބްވިޔަސްލީ ބޮޑުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ރޯދަމަހުުގައި ކަރަންޓު އެންމެ ބޮޑަށް ޕީކްވާ ގަޑިތައް ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ ރޯދަމަހުގެ މެންދުރު ފަހު 2:00 އަދި ރޭގަނޑު 8:00 ގެ ފަހަކީ އާންމުކޮށް ޕީކް ގަޑިތަކެއް ކަމަށެވެ.
އެ ގަޑިތަކުގައި އެހެން އަހަރުތަކުގެ ރޯދަމަހުގައި ވެސް ކަރަންޓު ބޭނުންކުރާކަން ސްޓެލްކޯއަށް ފާހަގަކުރެވިފައިވާ ކަމަށާއި ބިލުތައް ބޮޑުވަނީ އޭރަކު އޮންނަ ސަރުކާރެއްގެ ސަބަބުން ނޫން ކަމަށެވެ.
"މި ރޯދަމަހު އެކަނި ވާކަމެއް ނޫން. މިދިޔަ ރޯދަމަހު ވެސް އޭގެ ކުރީ ރޯދަމަހުވެސް، ޖެހިންގެން އައި ރޯދަމަހުވެސް. މި ސަރުކާރުގައި އެކަންޏެއް ނޫން، މިދިޔަ ސަރުކާރުގައިވެސް ބިލުތައް ބޮޑުވެގެން ޑިސްކައުންޓު ދިން. ސްޓެލްކޯއިން ކަމެއް ކޮށްގެނެއް ނޫން. ބިލް ބޮޑުވަނީ ޔޫސޭޖު ބޭނުންކުރެވޭ މިންވަރު ގިނަވަނީ،" އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
"އެއްވެސް އިރަކު ސްޓެލްކޯއަކުން ބިލުތަކާ ގުޅިގެން އެއްވެސް ކަހަލަ އޮޅުވާލުމެއް ނީންނާނެ. ޔޫސޭޖަށް ބިލިކުރަނީ. އެކަމަކު ޑިސްކައުންޓް ދިނީމަ ބޮޑު ނުވާނެ. ޔޫސޭޖަށް ބިލުކުރާނަމަ ބޮޑުވާނެ. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އެވްރޭޖަށް ކުރީ. އަލަށް ފަށާފައި ހުރި ފްލެޓުތަކާއި ތަންތަނުގައި ހިސްޓްރީ އެއް ނުހުންނާނެތާ. އެހެންވީމަ އެކަސްޓަމަރުންނަށް 10 ޕަސެންޓު ޑިސްކައުންޓް ދީފައި ހުންނާނީ. ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންނަށް ޑިސްކައުންޓް ދީފައި ހުންނާނީ،" ސްޓެލްކޯ އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ކަލޯ ވާރޭވެހޭ ދުވަސްތަކުގައި ބިލްކުޑަ ނުވަނީ ކީއްވެތޯ؟
2025 - 1 އަހަރު ކުރިން
ކަރަން ޓު ބިލު މި ދެއްކީ އިއްޔެ . އަނެއްކާ މިއަދު އަނެއް ބިލު މި އައީ. މިއަދު މި އައި ބިލުގެ ޑިއު ހަމަވަނީ 10 ދުވަސް ފަހުން .. މަހަކު ދެބިލް ކިހިނެއް ދައްކާނީ ސްޓެލްކޯ އިން މިހާރު މި ހެދި މޮޅުވެގެންވާ ގޮތުން އަހަރެމެން ކަހަލަ ނިކަމެތިން ވެސް މަހަކު ދެ ބިލް ދައްކަން އެބަ ޖެހޭ .. އަދި އެވެސް އެހާ ބިލް ބޮޑު .. ދުވަހަކު މިގޭ ކަރަންޓު ބިލެއް ނާންނަ ވަރުގެ ބިލެއް .. . ވ.ދެރަ ކަންތައް މި ހުންނަނީ މީހުންނައް އުނދަގޫ ޖެއްސުން ދަތި ކުރަން ވެސް މިހެން ކަންތައް ކުރަން ހެޔޮ ނުވާނެ.. #stelco
ގ - 1 އަހަރު ކުރިން