ރާއްޖެއިން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ފަތުރުވެރިކަމުގެ ކެމްޕޭނު ރޭ ރަސްމީކޮށް ފަށައިފިއެވެ.
ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބު، ލިވަޕޫލާއެކު ރާއްޖޭގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ވެފައިވާ އެއްބަސްވުމާއެކު، އެ ކްލަބުން ދާދިފަހުން އިއުލާނުކުރީ ކްލަބުގެ ރަސްމީ ޓޫރިސްޓް މަންޒިލަކީ ރާއްޖެ ކަމަށެވެ.
އެއްބަސްވުމާއެކު ރޭ އެވަޓަންއާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން، އެންފީލްޑްގެ އިޝްތިހާރު ބޯޑުތަކުގައި ރާއްޖޭގެ އިޝްތިހާރުވެސް ކުރަން ފަށާފައިވެއެވެ.
ކެމްޕޭނު ފެށުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް، ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު އަދި އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ އިބްރާހީމްވެސް ރޭ އެންފީލްޑަށް ވަޑައިގެންފައިވެއެވެ.
މެޗުގެ ކުރިން ރައީސް ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނަށް ހާއްސަ ފޮޓޯތަކެއް، ދަނޑު ކައިރީގައި ނަންގަވައިފައެވެ. އޭގެ އިތުރުން ރައީސް ސްޓޭޑިއަމް ބައްލަވާލައްވާފައިވެސް ވެއެވެ.
ލިވަޕޫލާއި އެމްއެމްޕީއާރުސީ އެއްބަސްވެފައިވާ އެއްބަސްވުމުގެ ސަބަބުން ވިސިޓް މޯލްޑިވްސްއިން އިނގިރޭސިވިލާތުގައި ގިނަ ކެމްޕޭނުތަކެއް ހިންގަން ނިންމާފައިވެއެވެ. ތިން މަސް ދުވަހުގެ ކެމްޕޭނުގެ ދަށުން ބައެއް ބިލަބޯޑުތައް ބަހައްޓައި، ލަންޑަންގެ 100 ޓެކްސީއެއްގައާއި ބަސްތަކުގެ އިތުރުން ދަތުރުފަތުރުގެ ވިޔުތައް ބޭނުންކޮށްގެން ވިސިޓް މޯލްޑިވްސް އިޝްތިހާރު ކުރުމަށްވެސް އެމްއެމްޕީއާރުސީން ދަނީ މަސައްކަތް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު