ރައީސް ޑރ. މުހައްމަދު މުއިއްޒު، ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ބައްލަވައިލައްވައިފިއެވެ.
ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް އިއްޔެ ކުރެއްވި އެ ޒިޔާރަތުގައި ރައީސް ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވައިފައެވެ.
އިނގިރޭސި ފުޓުބޯޅަ ތާރީހުގެ ކާމިޔާބު ކްލަބު ލިވަޕޫލުގެ އަކްސާ ޓްރެއިނިން ސެންޓަރަކީ ހުނަރުވެރި ގިނަ ފުޓުބޯޅަ ކުޅުންތެރީންތަކެއް އުފައްދާފައިވާ ސެންޓަރެކެވެ. އަދި ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް އެ ސެންޓަރުން ކުރިއަށްގެންދެއެވެ.
ރައީސް އިނގިރޭސިވިލާތަށް ކުރައްވާ އެ ޒިޔާރަތަކީ، ލިވަޕޫލާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިން ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު