މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް ލިބުނު އަނިޔާގެ ސަބަބުން، ހަތް ހަފުތާއަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީން އެންމެފަހުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބޯންމައުތާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައި ހާލަންޑަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. މެޗުގައި ގޯލުވެސް ޖެހި ހާލަންޑް 61 ވަނަ މިނެޓުގައި ބަދަލުކުރީ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއެއްގައި ފެންނަ ގޮތުން، ހާލަންޑް އެރޭގެ މެޗަށްފަހު ސްޓޭޑިއަމް ދޫކޮށް ދިޔައީ ދަނޑިގަނޑު ޖަހައިގެންނެވެ.
"ޑޮކްޓަރުން އަހަރެން ގާތުގައި ބުނީ ހާލަންޑް ފިޓްވާން ފަހެއް ނޫނީ ހަތް ހަފުތާ ދުވަސް ނަގާނެ ކަމަށް. އެހެންވީމަ ހާލަންޑަށް އެންމެ އަވަހަށްވެސް ދެން ކުޅުމަށް އާދެވޭނީ ސީޒަންގެ ފަހު ކޮޅަށް ނޫނީ، ކްލަބު ވޯލްޑް ކަޕަށް. ބެލެވޭ ގޮތުގައި ކްލަބު ވޯލްޑް ކަޕަށް އޭނާއަށް ދެން ކުޅުމަށް ނުކުމެވޭނީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް މި ސީޒަނުގެ ކުރީކޮޅުގައިވެސް އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ އިރު، އެންމެ މުހިއްމު ކުޅުންތެރިޔާ ރޮޑްރީއަށްވެސް ސީޒަން ވަނީ ގެއްލިފައެވެ. އެއާއެކު ސިޓީއަށް ލީގުގައިވެސް ދިމާވީ އުނދަގޫ ހާލަތްތަކެކެވެ.
މިހާތަނަށް ޗެމްޕިއަންސް ލީގުގެ އިތުރުން ލީގު ކަޕުންވެސް ކަޓައި، ލީގު ތާވަލުގެ ފަސްވަނައިގައި އޮތް ސިޓީއަށް ހޯދެން އޮތް ހަމައެކަނި ތަށްޓަކީ އެފްއޭ ކަޕް ތަށްޓެވެ.
އާލިން ހާލަންޑް
އާލިން ހާލަންޑް
އާލިން ހާލަންޑް
އާލިން ހާލަންޑް