ހުޅުމާލޭގައި މިއަދު ހަވީރު އެއްގަމު އުޅަނދު ދުއްވުން ހުއްދަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީންނާއި މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބުނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.
އެ ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވޭނީ، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދު، ބަސް އަދި ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގެ އިތުރުން ފިތުރު އީދުގެ އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދޭ އެހެން އުޅަނދުތައް ކަމަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.
އާންމުކޮށް ކޮންމެ އީދު ދުވަހެއްގެ ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކުރެއެވެ.
މުހައްމަދު އިޝާން
މާލެ
މާލެ
މާލެ
މާލެ