ހުޅުމާލެ އަޒީޒާ މިސްކިތުގައި މިއަދު އީދު ނަމާދުކުރުމަށްޓަކައި އިމާމުކަން ހަވާލުކުރި ފަރާތާއި، އޭނާގެ ބަދަލުގައި ހަމަޖެއްސި ފަރާތް ސަސްޕެންޑް ކުރަން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، އެ ދެމީހުންވެސް އީދު ނަމާދުކުރަން މިސްކިތަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ދެ މީހުން ހާޒިރުނުވި މައްސަލަ އުސޫލުގެ ތެރެއިން ބަލައި ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުތުބާ ކިޔުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިމާމުގެ ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޒީޒާ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށެވެ.
ނަމަވެސް މިނިސްޓްރީއަށް ނާންގައި އޭނާ މިއަދުގެ އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުނުވާތީ އެ މައްސަލަ ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަޒީޒާ މިސްކިތުގައި މިއަދުގެ އީދު ނަމާދު ފަށާފައިވަނީ އެހެން މިސްކިތްތަކަށްވުރެ ފަހުންނެވެ. އެއީ އީދު ނަމާދުކުރަން ހަވާލުކުރި އިމާމާއި ބަދަލުގައި ހިމެނޭ އިމާމު ވަޑައިނުގަތުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން މިސްކިތުުގެ ކުރީ ސަފުގައި ތިބި މީހުން، އިމާމުވެ އީދު ނަމާދުކުރާނެ މީހަކު ހޯދުމަށް ކުރި މަަސައްކަތުން އެކަމަށް އެއްބަސްވީ މިސްކިތުގައި އިން ބިދޭސީއެކެވެ.
އޭނާ ހުތުބާ ކިޔާފައިވަނީވެސް ފޯނުން ބަލައިގެން އަރަބި ބަހުންނެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ