މި މުޖުތަމައު ނުބައި ސިފަތަކުން ޣަރަގުވެގެންދާ ކަމަށާއި މި ގައުމު ހަމަ މަގަށް ގެންދެވޭނީ އަމިއްލަ ނަފުސު އިސްލާހުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނަކީ އަމިއްލައަށް އަޒުމު ކަނޑައަޅައިގެން އަމަލުކުރަން ފަށަން ޖެހޭ އެއްޗެއް ކަމަށާއި އެހެން ނޫން ނަމަ، އެ އޮޅުވާލެވެނީ އަމިއްލަ ނަފުސަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހު ނުކުރަންޏާ އަޅުގަނޑުމެންނަކަށް މާދަން ކަމެއް މިއަދު ކަމެއް ނޭނގެ މި ގައުމު ދޫކުރާނީ. ސަލާމަތެއް ނޯންނާނެ. އަޅުގަނޑުމެން މި ގައުމު ހަމަ މަގަށް ގެންދަންޏާ ވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފުސު އިސްލާހުކުރަން އެބަ ޖެހޭ ނޫންތޯ މިގޮތުން. އަޅުގަނޑުމެންގެ މުޖުތަމައު މިއޮތީ މި ދެންނެވިގޮތަށް މިކަހަލަ ނުބައި ވަބާތަކާއި ސިފަތަކުގެ ތެރެއިން ޣަރަގުވެގެން މިއޮތް ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާ ކަމަށާއި އަނެކާއަށް ވެސް އޯގާވެރި ކުލުނުވެރި މުޖުތަމައެއް ބައްޓަންކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭރުން މުޅި ގައުމު ވެގެންދާނީ މިސާލެއް ފަދަ ތަނަކަށް ވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކީރިތި ގުރުއާނަކީ ކޮންމެ ދުވަހަކު ވެސް އަމަލުކުރާ ފޮތަކަށް ހަދަން ޖެހޭ ކަމަށާއި އެހެން ނޫން ނަަމަ، ގެއްލިގެންދާ އިސްލާމީ ކަރާމާތް ނުގެނެވޭނެ ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި ކަންކަން ކުރަން މަސައްކަތްކޮށްފި ނަމަ، އެކަމެއް ހާސިލުކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ