ޖޯނަސް ބްރަދާސް މިހާރު ދަނީ އެ މީހުންގެ ކެރިއަރުގައި އާ ހަރުފަތްތަކެއް ގިރާކުރަމުންނެވެ. އާ މިއުޒިކާއި އެވޯޑުތަކާއި އަދި ހާއްސަ މަޝްރޫއުތަކާއެކު އެ މީހުން ދަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. ފޭނުންނާ ބައްދަލުކުރުމަށް ނިއު ޖާޒީގައި ބޭއްވި "ޖޯނަސްކޮން" ހަރަކާތުގައި އެ މީހުން ވަނީ ނިއު ޖާޒީ ހޯލް އޮފް ފޭމްއަށް ހޮވިފައިވާކަން އިއުލާންކޮށްފައެވެ.
އެ ހަރަކާތުގައި އެ މީހުން ވަނީ ފޭނުންނަށް ހުށަހަޅައިދީ، މާޗް 21 ގައި ނެރުނު "ލަވް މީ ޓު ހެވަން" އާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އޭގެ އިތުރުން ޖޯ ޖޯނަސްގެ ސޯލޯ އަލްބަމް، "މިއުޒިކް ފޯ ޕީޕަލް ހޫ ބިލީވް އިން ލަވް"، އަންނަ މެއި މަހު ނެރުމަށް ހަމަޖެހިފައިވާކަންވެސް ވަނީ އިއުލާންކޮށްފައެވެ.
އެ ބޭންޑުން ވަނީ އެ މީހުންގެ ކުރިއަށް އޮތް އަލްބަމް، "ގްރީޓިންގްސް ފްރޮމް ޔުއާ ހޯމްޓައުން" އާ ބެހޭ ޕްލޭންތައްވެސް ހާމަކޮށްފައެވެ.
މި އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ އޯގަސްޓު 8 ގައެވެ. އަދި ޑިޒްނީ ޕްލަސް އާއެކު "އަ ވެރީ ޖޯނަސް ކްރިސްމަސް" ނަމަކަށް ކިޔާ ފިލްމެއްގައި ބައިވެރިވާކަންވެސް އެ ބޭންޑުން އިއުލާން ކުރި އިރު، ޑިޒްނީލޭންޑްގެ 70 ވަނަ އަހަރީ ތީމް ލަވަ ގެނެސްދޭނީ ޖޯނަސް ބްރަދާސް އިންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން