މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ މާލޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ކަމަށާއި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ގޮތަށް ހަމަޖައްސައިފައި ކަމަށެވެ.
މިނިސްޓްރީން ބުނީ، މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ، އީދު ނަމާދުކުރުން އޮންނާނީ މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ މި މަހުގެ 31ވަނަ ދުވަހެވެ.
- މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް، މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމް (އިސްލާމީ މަރުކަޒު، މާލެ)
- މަސްޖިދުއްމަލިކި ސަލްމާން (މާލެ)
- މަސްޖިދުއްފުރުގާން (މާލެ)
- މަސްޖިދުއްނޫރް (މާލެ)
- މަސްޖިދުއް ޝަހީދު އަލީ (މާލެ)
- މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (ތައިބާ މިސްކިތް، މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް (ދުބުރި މިސްކިތް، މާލެ)
- މަސްޖިދުއް ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް، މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ޝަމްޝުއްދީން ( ބަންޑާރަ މިސްކިތް، މާލެ)
- މަސްޖިދުއް ސަލާހުއްދީން (މާލެ)
- މަސްޖިދުއް ޖަލާލުއްދީން (މާލެ)
- މަސްޖިދުއް އިބްރާހިމް (މާލެ)
- މަސްޖިދުއް އިސްކަންދަރު (މާލެ)
- ވަގުތީ މިސްކިތް (ބޮޑުގެ، މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން (ރަންމިސްކިތް، މާލެ)
- މަސްޖިދުއްދުއް ސުލްތާނު މުހައްމަދު ޖަމީލު ދީދީ (ފައިފުހޭ މިސްކިތް، މާލެ)
- މާފަންނު އާމިސްކިތް (މާލެ)
- ވިލިމާލެ ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު)
- މަސްޖިދުއްސަލާމް (ވިލިމާލެ)
- ހުޅުމާލެ ބޮޑުޖަމާއަތް (ސިންތަޓިކް ޓްރެކް)
- މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ (ވައް މިސްކިތް، ހުޅުމާލެ ފޭސް އެކެއް)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް އެކެއް)
- މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް އެކެއް)
- ހުޅުމާލެ ބޮޑުޖަމާއަތް (ކުރިކެޓް ސްޓޭޑިއަމް، ހުޅުމާލެ ފޭސް ދޭއް)
- މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް ދޭއް)
- މަސްޖިދު އަބީބަކުރިނިއްސިއްދީގު (ހުޅުމާލެ ފޭސް ދޭއް)
ޚަބަރު
ޚަބަރު
ޚަބަރު