ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ.

ތުހުމަަތުގައި ހައްޔަރުކުރި މީހުން:

  • ގަނެޝް ބޮންމާލީ 22، - އިންޑިއާ
  • ޕީޓާ ވިނި 28، - އިންޑިއާ
  • ޕްރަބަކަރަނަ ނާގަރާޖަން 35، - އިންޑިއާ
  • އެޑްރިއަންސްޔާ 25، - އިންޑޮނީޝިއާ
  • މުހައްމަދު އިކްބަލް މަކްމުރު 30، - އިންޑޮނީޝިއާ
  • ޑަތްކިލޭ ދަރްޝަން ވިޖޭ 22، - އިންޑިއާ
  • ސަރަން ޕަދްމަން 26، - އިންޑިއާ
  • ނަސްވަން އަދިލް 30، - އިންޑޮނީޝިއާ
  • ރޯމަންސް ސަންތިޔާ ފެނާންޑޯ 58، - އިންޑިއާ
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް 30، - އިންޑިއާ

މި މީހުންގެ ގަނެޝް ބޮންމާލީ، ޕީޓާ ވިނި، ޕްރަބަކަރަނަ ނާގަރާޖަން، އެޑްރިއަންސްޔާ އަދި މުހައްމަދު އިކްބަލް މަކްމުރު ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖެހި އިރު، އަނެއް ފަސް މީހުންގެ ބަންދަށް ޖަހައިދިނީ އެއް ދުވަހެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.