ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް، އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ގޮތް އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
ގޭގައި ތިބެގެން، ފޯނު މެދުވެރިކޮށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ތިރީގައިވާ ގޮތަށް އަމަލުކޮށްލާ:
- http://ore.do/zakat މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވެލާ
- ޒަކާތުގެ ބާވަތާއި އަދަދު އިހުތިޔާރުކޮށްލާ
- ތަފުސީލުތައް ފުރިހަމަކޮށްލާ
- ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިހުތިޔާރުކޮށް ވޮލެޓް ނަންބަރު ޖަހާލާ
- ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކޮށްލާ
އެމް-ފައިސާ މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ހިދުމަތްތަކަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުންނެވެ.
އުރީދޫން ބުނީ، މިއީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ހިދުމަތްތައް އެންމެންނަށް ވެސް ލިބެން ހުންނާނެ ކަން ކަށަވަރުކުރުން ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަންފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު