ދެކުނު ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގް މޮކް މަގާމުން ދުރުކުރުމުގެ މަސައްކަތް އެ ގައުމުގެ އިދިކޮޅުން ފަށައިފިއެވެ.
ދެކުނު ކޮރެއާގެ ފައިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޗޮއި ސަންގް މޮކް އެ ގައުމުގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހު ރައީސް ޔޫން ސުކް ޔެއޮލް މަގާމުން ދުރުކުރުމުންނެވެ.
ޗޮއި ސަންގް މޮކް މަގާމުން ދުރުކުރަން އުޅެނީ އިދިކޮޅު ޕާޓީތަކަށް ގޮންޖައްސަވައި މަޖިލީހުން ފާސްކުރާ ބިލުތައް ހިފަހައްޓައި ބައެއް ބިލުތައް ވީޓޯ ކުރުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޗޮއި ސަންގް މޮކް ވަކިކުރުމަށް ހުށަހަޅަން ނިންމާފައިވަނީ މައި އިދިކޮޅު ޕާޓީ، ޑިމޮކްރަޓިކް ޕާޓީންނެވެ. އިއްޔެ އެ މައްސަލަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރައީސް ޔޫން މަގާމުން ދުރުކޮށްފައިވަނީ އެ ގައުމުގެ ގާނޫނުއަސާސީއަށް ބަދަލުގެނެސް ގައުމުގެ ވެރިކަށް އަސްކަރީ ވެރިކަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރުމުން އިދިކޮޅުން މައްސަލަ ހުށަހަޅައި ވޯޓުލައިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ