ސްޓެލްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި މިއަދު ވަނީ މިދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލީ އުސްއަލިތައް ހާމަކުރައްވައިފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.
ނަމަވެސް މިދިޔަ އަހަރު އެ ގެއްލުމުން އަރައިގަނެ، 138 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދައިފަ އެވެ. މިއީ މިދިޔަ ހަ އަހަރު ތެރޭ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފަހުމީ ހާމަކުރެއްވި ހިސާބުތައް:
- 2018 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
- 2019 ވަނަ އަހަރު: 109 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރު: 130 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
- 2022 ވަނަ އަހަރު: 107 މިލިއަން ރުފިޔާ
ސްޓެލްކޯއަށް ގެއްލުމާ ކުރިމަތިވުމަށް ފަހު އެ ކުންފުންޏަށް މިދިޔަ އަހަރު އަނެއްކާ ވެސް ފައިދާވުމުން ފަހުމީ ވިދާޅުވީ އެ ނަތީޖާ ހާސިލް ކުރެވުނީ ވަސީލަތްތައް ހަރުދަނާގޮތުގައި ބޭނުންކުރުމާއި އިސްރާފު ކުޑަކުރުން އަދި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު