ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ 10 ކްލަބުގެ ތެރެއިން އަށް ކްލަބަކަށް ދެވަނަ ޕޭމަންޓްވެސް ޖަމާކޮށް، ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ސްޕޯޓްސް މިނިސްޓްރީން ދީފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯހުން ގޯހަށް ގޮސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ނޯމަލައިޒޭޝަން ހާލަތެއްގައެވެ. ފުޓުބޯޅައިގެ ހާލަތު ދަށްވެފައި އޮތުމާއެކު ކްލަބުތަކުގެ މާލީ ހާލަތުވެސް ގޯހުން ގޯހަށް ގޮސްފައިވެއެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަކީ އެފްއޭއެމް ނޫނީ ސަރުކާރުން ފައިސާ ދީގެން ހިންގަމުންދާ ކްލަބުތަކެއް ކަމަށްވާތީއެވެ.
އެފްއޭއެމްއަށް ބަރޯސާވެ ކްލަބުތައް ހިންގަމުން އައިސް، މިދިޔަ ސީޒަނުގައި އެފްއޭއެމް އަޑި އަޅާލައި، ފައިސާގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު، އަހަރަކަށްވުރެ ގިނަ ދުވަހަކަށްފަހު އަލުން ފުޓުބޯޅަ ސީޒަން ފަށަން ސްޕޯޓްސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރު އަބްދުﷲ ރާފިއު ދާދިފަހުން ވިދާޅުވީ އެފްއޭއެމްގެ ދަރަނިތައް އަދާކުރުމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާ މިނިސްޓްރީން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން މިނިސްޓްރީން ފަސް ލައްކަ ރުފިޔާ 10 ކްލަބަކަށް ޖަމާކޮށްފައިވީ ނަމަވެސް، ދެވަނަ ޕޭމަންޓާއެކު ދެން ފަސް ލައްކަ ޖަމާކުރީ އަށް ކްލަބަކަށެވެ. އެ ފައިދާ ފުރިހަމައަށް ޖަމާނުކުރާ ދެ ކްލަބަކީ ކޮބައިގެން އެނގިފައި ނުވާ އިރު، އެ ދެ ކްލަބަށް ދެވަނަ ޕޭމަންޓް ޖަމާކުރަން ފިނޭންސަށް ނުފޮނުވި ސަބަބަކީ ކޮބައި ކަމެއްވެސް އަދި ޔަގީނެއް ނޫނެވެ.
ރާއްޖޭގެ ކްލަބުތަކުގައިވެސް ބޮޑެތި މައްސަލަތަކެއް އޮތް އިރު، މިދިޔަ ސީޒަނުގައިވެސް ގިނަ ކްލަބުތަކަކަށް ފީފާއިން ވަނީ ޓްރާންސްފާ ބޭންގެ ފިޔަވަޅުވެސް އަޅައިފައެވެ. އެއީ ދަރަނީގެ މައްސަލަތަކުގައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް