ހޮލީވުޑްގެ މަޝްހޫރު ފިލްމު ތަކެއް އުފައްދާފައިވާ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ވިލެޖް ރޯޑްޝޯ އެންޓަޓެއިންމަންޓް ގްރޫޕުން، ޓެކްސާސްގައި ބޭންކްރަޕްޓްސީ އަށް އެދި ހުށަހަޅައިފިއެވެ.
މިހެން ދިމާވީ 2021 ވަނަ އަހަރު ނެރުނު އެޕިކް ސައިންސް ފިކްޝަން ސިލްސިލާގެ ސީކުއަލް ކަމަށްވާ "ދަ މެޓްރިކްސް ރެޒަރެކްޝަންސް" އާއި ގުޅިގެން ވޯނަރ ބްރަދާސްއާއެކު ހިނގަމުންދާ ދެބަސްވުމާ ގުޅިގެންނެވެ.
ކުރީގެ އެ އެންޓަޕްރައިޒުން ޑިސްޓްރިބިއުޓަރާ ދެކޮޅަށް މައްސަލަ ޖެއްސީ އެ ފިލްމު ސިނަމާތަކަށް ދޫކުރި ދުވަހު މެކްސް (MAX) ގައިވެސް ދައްކާފައިވާތީއެވެ. ނަމަވެސް، އެއީ ފައިނޭންޝިއަލް ފެއިލިއަރަކަށް ވެދާނެ ސަބަބެއް ކަމަކަށް ގިނަ ބަޔަކު ނުދެކޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ބަދަލުގައި، ރިޕޯޓުކުރެވެމުންދަނީ ބަލިމަޑުކަމަށްފަހު އައި އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން އެ ކުންފުނިން ދަތިތަކާ ކުރިމަތިލަމުން އައި ކަމަށާއި، 2023 ވަނަ އަހަރު އިތުރު ދަތިތައް ކުރިމަތިވެ މި ހާލަތަށް ވެއްޓުނީ ކަމަށެވެ.
ވިލެޖް ރޯޑްޝޯ އެންޓަޓެއިންމަންޓް ގްރޫޕަކީ "ދަ މެޓްރިކްސް"، "އޯޝަންސް އިލެވަން"، "ޖޯކަރ" އަދި "ދަ ލެގޯ މޫވީ" ފަދަ ފިލްމު ސިލްސިލާތަކަށް އެހީތެރިވެދީފައިވާ ނަން މަޝްހޫރު ފިލްމު އުފައްދާ އަދި ފައިނޭންސްކުރާ ފަރާތެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން