ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ކުރިއަށްގެންދާ ހާއްސަ އޮފާތަކުގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ދިހަ ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ކަމުގައިވިޔަސް ދިރާގުގެ ޑޭޓާ އެޑް އޮންތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ.
މި ޑޭޓާ ޕެކްތަކުގެ ތެރެއިން 100 ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރުވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ރޯދަ މަހު އެ ޕެކޭޖުތައް އެކްޓިވޭޓްކުރުމުން ދޭ އޮފާއާއެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެކަމަށެވެ.
އޭގެ އިތުރުން މި މަހުގެ އެކަކުން މި މަހުގެ ނިޔަލަށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މެޖިކް ޑޭޓާގެ އޮފާއަކީ، ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފާއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު