މަސެޑޯނިއާގެ ނައިޓް ކުލަބެއްގައި ރޯވެ 59 މީހުން މަރުވެއްޖެއެވެ.
މަސެޑޯނިއާގެ އުތުރު ކޮޗާނީ ސިޓީގައި ހުންނަ ޕަލްސް ކްލަބް ނަމަކަށް ކިޔާ އެނަޓްކުލަބުގައި އިއްޔެ ރޯވުމުގެ ސަބަބުން 59 މީހުން މަރުވެފައިވާއިރު، 155 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހާދިސާ ހިނގި ވަގުތު އެ ކުލަބުގައި 1،500 މީހުން ތިބި ކަމަށާއި އަލިފާން ރޯވުމާއެކު މީހުންތައް ކުލަބުން ބޭރަށް ނުކުތް ކަމަށް އޮފިޝަލުން ބުނެއެވެ.
މަސެޑޯނިއާގެ ބޮޑުވަޒީރު ހިރިސްޓިޖާން މިޗޮސްކީ ވިދާޅުވީ މިއީ މުޅި ގައުމަށް ހިތާމަވެރި ދުވަހެއް ކަމަށާއި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނަ ގެއްލިގެން ދިޔަ ދުވަހެއް ކަމަށެވެ.
މަސެޑޯނިއާގެ އިންޓީރިއާ މިނިސްޓަރު ޕެންސް ޓިސްކޮވްސްކީ ވިދާޅުވީ އެހާދިސާއާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ. މަސެޑޯނިއާގެ ނޫސްތަކުން ވަނީ އެ ނައިޓްކުލަބުގެ ވެރިޔާވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ