ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމެރިކާގެ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނާއެކު މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެމްޑީޕީ ސަރުކާރުގައި 2022 ގައި ކާގިލް ފައިނޭންސުން 100 މިލިއަން ޑޮލަރު ނެގީ ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށެވެ. އެ ލޯނު ނެގީ 7.15 ޕަސެންޓުގެ އިންޓްރެސްޓުގައެވެ. އެހެންކަމުން މި ލޯނަށް އިންޓްރެސްޓާއެކު 126 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނެވެ.
އެ ލޯނު ދައްކާފައިވާ ކަމަށް ސަރުކާރުން މި މަހު ބުނެފައިވާއިރު ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6، އާ ހަމައަށް ލޯނުގެ ގޮތުގައި ޖުމުލަ 2.28 ބިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.
އެއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ލޯނު ދެއްކުމަށް ޖަހާފައިވާ އަދަދުގެ 59 ޕަސެންޓެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ލޯނު ދެއްކުމަށް ޖަހާފައިވަނީ 3.87 ބިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު