ރޯދަމަހަށްފަހު އަންނަ ފިތުރު އީދާ ގުޅިގެން އެޕްރީލް މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ޝައްވާލް މަހުގެ އެއްވަނަ ދުވަހަކީ، (ފިތުރު އީދު ދުވަހަކީ) ކަލަންޑަރުގައިވާ ގޮތުގެމަތީން، މިމަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި ނަމަ ފިތުރު އީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި ކަމަށެވެ.
އަދި، މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މިމަހުގެ 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑއަޅައިފި ނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެގޮތަށް ނިންމެވީ ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ނިންމެވުމާއެކު، ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު