އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ވަގުތުން ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދ،ޫ މަރަދ،ޫ މަރަދޫ-ފޭދޫ އަދި ފޭދޫއަކީ މާލެ ފިޔަވައި، އެންމެ ބޮޑު އާބާދީއެއް ދިރުއުޅެމުން އަންނަ ތަނަށްވާއިރު، އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ތަކުރާރުކޮށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށެވެ.
"މި ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސ،ް ސަރުކާރުން އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަގައި އިހުމާލުވަމުން ދިއުމުގެ ސަބަބުން މި ރަމަޟާން މަހު އެ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވޭ،" ނާޒިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި އެ ރަށްތަކުން ތަކުރާރުކޮށް ކަރަންޓު ކެނޑެމުންދާތީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހ،ި ރަށުގެ ގޭގެއިންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް އާންމު ރައްޔިތުންނަށް ނުދެވި، އެ ތަންތަނުގައި ގެންގުޅޭ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ.
"ހަކަތައިގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ފަދައިން ކަރަންޓު ކަޑާލުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ވެސް ރައްޔިތުންނަށް ނުދީ އެތައް ފަހަރަކު ކަރަންޓުގެ ހިދުމަތް ކަނޑަމުންދާތީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއަކަށް ވީހިނދ،ު އެ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މި ކުއްލި މައްސަލަ ހުށަހަޅަން،" ނާޒިލް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދިނީ އެމްޑީޕީގެ 10 މެންބަރުނާއި ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގާއި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. ނަމަވެސް ކުއްލި މައްސަލަ ބަލައިނުގަތުމަށް ޕީއެންސީގެ 47 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު