ފެތުމުގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު، އައިޝަތު އުލްޔާ ޝާއިގް މުގުރާލައިފިއެވެ.
އުލްޔާ ރެކޯޑު ހެދީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބް (ޔޫޑަބްލިއުއެސްސީ)، ކްލަބް ނައިޓް ނަންބަރު ފަހެއްގައި ވާދަކޮށް، އެއް މިނެޓު 4.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެއީ ކުރިން އަމްނާ ތަޒްކިޔާ މިރުސާދު އަތުގައި އޮތް ރެކޯޑެވެ. ތަޒްކިޔާ އެ ރެކޯޑު ހަދާފައި އޮތީ މިދިޔައަހަރު ސްރީލަންކާގައި ބޭއްވި އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ.
ތަޒްކިޔާގެ ޓައިމިންއަކީ އެއް މިނެޓް 5.03 ސިކުންތެވެ.
އުލްޔާއަކީ މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލު ކުރި އެތުލީޓެކެވެ. އޭނާ ވަނީ މިދިޔަ މަސް ތެރޭގައިި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑާއި ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން