މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދާން ޖެހޭ ގޮތަށް ހަދައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މިއަދުން ފެށިގެން ކުރިއަށް ގެންދާނީ އެ މިނިސްޓްރީގައި ކަމަށާއި އެހެންކަމުން މާލެ ސަރަހައްދުން ލައިސަންސްގެ ހިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާ އިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިހުތިޔާރު ކުރަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގި ބާ އިމާރާތް ތަޅާލުމުން ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާބު ހަދަމުން ގޮސްފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ މިހާރު ހިންގަނީ ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިންގައެވެ.