މެލޭޝިއާއިން ގެއްލިގެން ހޯދަމުންދިޔަ އަހުމަދު އުސައިދު އިބްރާހީމް އަފީފް ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެނގިއްޖެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެއްސެއް ކަމަށްވާ އުސައިދު ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އުސައިދު ބަންދު ކުރީ ކޮން މައްސަލައެއްގައި ކަމެއް ނޭންގެއެވެ.
ފޮރިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އުސައިދުގެ ބައްޕަ އިބްރާހިމް އަފީފު އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހުގެ 15:15 ގެ ފަހުން އުސައިން ސަންވޭ ގިއޯއިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއް ވެފައިނުވާ ކަމަށެވެ. އެހެންވެ އެ ދުވަހު 22:00 ގައި މެލޭޝިއާގެ ފުލުހަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އެކަން އެންގި ކަމަށް އިބްރާހިމް އަފީފު ބުންޏެވެ.
އަފީފު ބުނީ ކެމެރާތަކުން ފެންނަނީ އުސައިދު ރަތްކުލައިގެ ޓީޝާޓެއް ލައިގެން ހުރި މަންޒަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު