ޖަޕާނުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް 2،000 ފަޔާފައިޓަރުން ނެރެފިއެވެ.
މިއީ ޖަޕާނުގެ ތާރީހުގައި އެ ގައުމުގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަޕާނުގެ އުތުރުން އޮންނަ އިވާޓޭ ސަރަހައްދުގައި އޮންނަ ޖަންގަލީގައި މިދިޔަ ހަފުތާގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުން ހާހަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވެއެވެ. އޮފިޝަލުން ވަނީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، އިތުރު 4600 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން އަންގައިފައެވެ.
ޖަޕާނުގެ ޖަންގަލީގައި ރޯވި އަލިފާނުގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާއިރު އަލިފާންގަނޑު ވަނީ 2100 ހެކްޓަރުގެ ސަރަހައްދަކަށް ފެތުރިފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ނިއްވާ ޓީމުތައް އެ ސަރަހައްދުގައި ހަރަކާތެރިވާއިރު 16 ހެލިކަޕްޓަރާއި އެ ގައުމުގެ މިލިޓަރީވެސް އެކަމުގައި ބައިވެރިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ