މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފެވެ. އޭނާގެ އާއިލާ އިން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އުސައިދުގެ ހަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ އިއުރޮއްސި 3:00 ޖަހައިކަންހާއިރެވެ.
ފޮރިން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު