ޗައިނާގެ ޖައްވީ އުޅަނދު ''ޓިއަންގޮންގް'' އަށް ޕާކިސްތާނުގެ އެސްޓްރަނައުޓެއް ފޮނުވަން ނިންމައިފިއެވެ.
ޗައިނާއިން އެ ގައުމުގެ ޖައްވީ އުޅަނދަށް ޕާކިސްތާނު އެސްޓްރަނައުޓެއް ފޮނުވަން ނިންމާފައި މިވަނީ ޗައިނާ މޭންޑް ސްޕޭސް އެޖެންސީ އާއި ޕާކިސްތާނުގެ ސްޕޭސް އެންޑް އަޕާ އެޓޮމޮސްފިއާ ރިސާޗް ކޮމިޝަނުން ކުރި މަޝްވަރާ ތަކަކަށްފަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ޗައިނާ މޭންޑް ސްޕޭސް އެޖެންސީ އާއި ޕާކިސްތާނުގެ ސްޕޭސް އެންޑް އަޕާ އެޓޮމޮސްފިއާ ރިސާޗް ކޮމިޝަނުން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާސް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ޕާކިސްތާނުގެ އެސްޓްރަނައުޓުން ތަމްރީނު ކުރުމަށް ހަމަޖެހިަފއިވެއެވެ. ޗައިނާގެ ޖައްވީ އުޅަނދު ''ޓިއަންގޮންގް'' އަށް ޕާކިސްތާނުގެ އެސްޓްރައުޓުން ފޮނުވާންވެސް ނިންމާފައިވެއެވެ.
ޗައިނާގެ ޖައްވީ އުޅަނދު ''ޓިއަންގޮންގް'' އުޅަނދަކީ ދުނިޔޭގެ ސަތަހައިން 400 ކިލޯމީޓަރު އުހުގައި އޯބިޓް ކުރަމުން އަންނަ އުޅަނދެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ