އެސްޓީއޯއިން ހުޅުމާލޭގައި ވެސް ހޯލްސޭލް ސެންޓަރެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން ބުނީ ރޯދައަށް ހާއްސަކޮށް ގެންނަ ހުރިހާ ބާވަތެއް ހުޅުމާލޭން ހޯލްސޭލްކޮށް ދޫކުރާނީ އެސްޓީއޯ ހޮޓާ ސަރަހައްދުން ކަމަށެވެ. އެގޮތުން އެތަނުން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ ކަމަށް ބުންޏެވެ.
އެސްޓީއޯ ހޮޓާ ސަައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުންވެސް އެ ތަކެތި ލިބޭނެއެވެ.
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ (ފަސް ބަސްތާއަށް ވުރެ އިތުރަށް ނަގާ ނަމަ، 325 ރުފިޔާއަށް ބަސްތާއެއް)
- ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން ދެ ރުފިޔާއަށް
- އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (ފަސް ބަސްތާއަށްވުރެ އިތުރު ނަމަ 505 ރުފިޔާއަށް ބަސްތާއެއް)
- ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
މި އަހަރުގެ ރޯދައަށް ހާއްސަކޮށް ބާޒާރަށް 24 ބާވަތެއް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި ވިއްކާނެއެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ޕްރޮސެސް ކާނާ އާއި ކެއްކުމަށް ބޭނުންކުރާ ބައެއް ބާވަތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު