މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެކެވެ. މިއަދު ބާޒާރުގައި ގިނަ ބާވަތްތަކެއް ލިބެން ހުރި އިރު، ހާއްސަކޮށް ފަނިގިރާ ބާވަތްތައް ބާޒާރުގައި ވަރަށް ގިނައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކަރަލާއި ކުރުނބަލާއި އަނބެވެ.
ބާޒާރު ގޮޅިއެއްގައި އިން ވިޔަފާރިވެރިއަކު ބުނިގޮތުގައި މި އަހަރު ވެސް އެންމެ ގިނައިން ކަރާ ގެނެސްފައިވަނީ އއ. ތޮއްޑޫއިން ކަމަށެވެ. އެގޮތުން ކަރާ ކިލޯއެއް ބާޒާރުގައި މިއަދު ހުރީ 25 ކިލޯގެ ރޭޓުންނެވެ. އޭނާ ބުނި ގޮތުގައި ހުސް ނުވެ މި ރޯދަ މަހު ކަރާ ލިބޭނެއެވެ.
ބާޒާރުގައި ކުރުނބާލާއި އަނބުން ފުރިފައި އޮތްއިރު، އެންމެ ގިނައިން އަނބު ގެނެސްފައިވަނީ ފުވައްމުލަކު ސިޓީންނެވެ. ބާޒާރުގައި ކުރުނބަލެއް ލިބެން ހުރީ 30-35 ރުފިޔާއަށެވެ. ދިހަ އަނބުގެ ބައެއް ލިބެން ހުރީ 130 އަށެވެ.
ބާޒާރުގައި މިއަދު އެންމެ ތަދު އެއްޗަކީ ކާއްޓެވެ. މުޅި ދަތުރުވެރިންގެ މާރުކޭޓު އަތްފުނާއެޅި އިރު ވެސް ފެނުނީ ކާށި ވިއްކާ ދެ ތަނެވެ. އެތަނުގައި ހުރީވެސް ކުދި ސައިޒުގެ މަދު ކާށިކޮޅެކެވެ.
- ކަރާ: 25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 60-70 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 45 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80-100 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ކުރުނބަލެއް: 30-35 ރުފިޔާއަށް
- ފެޝަން ފުރުޓް: 65-80 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 45-50 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 180-200 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ހަ ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
- މެންޑްރިން: 45 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
- އަނބު: 130 ކިލޯއެއް
- އަންނާރު: 65-80 ރުފިޔާއަށް ކިލޯއެއް
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 6 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 20-25 ރުފިޔާއަށް
- ގަބުޅިއެއް: 20 ރުފިޔާއަށް
- އަލުވި: 20 ރުފިޔާއަށް ކިލޯއެއް / 380 އަށް ބަސްތާއެއް
- ލޮނުމެދު: 35 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 45-80 ރުފިޔާއަށް ކިލޯއެއް
- ބަށި: 50-55 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 25 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 120 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 60-80 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 75-80 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 200-250 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް / 260 އަށް ކޭހެއް
- ކެޕްސިކަމް: 80 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 45 ރުފިޔާއަށް ކިލޯއެއް
- ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
- ބެލްޕެޕާ: 90 ރުފިޔާ އަށް ކިލޯއެއް
- ބީންސް: 90 ރުފިޔާ އަށް ކިލޯއެއް
- ލޭޑީސް ފިންގާ: 70 ރުފިޔާއަށް ކިލޯއެއް
- ކޯނީ ފްލަވާ: 80 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 90 ރުފިޔާއަށް ކިލޯއެެއް
- މުރަނގަ ތޮޅި: 130 ރުފިޔާއަށް ކިލޯއެއް
- ފާގަ: 50 ރުފިޔާއަށް ކިލޯއެއް
- ބިސް: ވަކިން ބިހެއް 2.50-3 ރުފިޔާއަށް / ކޭހެއް 380ރ.
- ފިޔާ: ބަސްތާއެއް 350ރ. / ކިލޯއެއް 18ރ.
- ފިޔާ ބަސްތާއެއް: 335 ރުފިޔާ
- އަލުވި ބަސްތާއެއް: 310 ރުފިޔާއަށް
- ބިސް ކޭހެއް: 320 ރުފިޔާއަށް
- ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
- ކަނޑުމަސް: 35 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 70 ރުފިޔާއަށް މަހެއް
- ހަންޖެއް: 200-250 ރުފިޔާއަށް
- މުށިމަސް: 30 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 30 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް:50 ރުފިޔާއަށް ހަތަރު މަސް
- މެދު ސައިޒުގެ ރަތް މަހެއް: 90 ރުފިޔާއަށް
- ރަތް މަސް ކިލޯއެއް 250 ރުފިޔާއަށް
- މެދު ސައިޒުގެ ފިލޮޅެއް: 80-100 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 50-90 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު