ރޯދަ މަހަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އިހިޔާ ފޯރަމް މާދަންރޭ ފަށަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން މި ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ދޭތެރޭ ޖުމުލަ 15 އިހިޔާ ފޯރަމް ބާއްވާނެ ކަމަށެވެ.
އެގޮތުން މާލެ ސިޓީގައި 8 އިހިޔާ ފޯރަމް އަދި އަތޮޅުތެރޭ 7 އިހިޔާ ފޯރަމް ބާއްވަން ހަމަޖަައްސާފައިވާ ކަމަށާއި މާލެ ސަރަހައްދުގައި އިހިޔާ ފޯރަމްތައް ބާއްވަން ހަމަޖައްސާފައިވަނީ ހަފުތާގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށަހަޅައިދޭ، ދަރިވަރުންގެ އިހިޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ދަރިވަރުންގެ އިހިޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑު އެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިއަހަރުވެސް އިހިޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ރަމަޟާންމަހުގެ ފުރަތަމަ އިހިޔާ ފޯރަމްގައި ދަރުސްދެއްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
- އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ މައުޟޫއު: ހެޔޮ ގޮތުގައި މުދާހޯދުމާއި ބޭނުންކުރުން - 2 މާޗް
- ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން/ މައުޟޫއު: އަހުޒާބު ހަނގުރާމަ އަދި އެއިން ލިބިދޭ އިބުރަތްތައް - 8 މާޗް
- ޝައިހް އަހުމަދު ސަމީރު އިބްރާހިމް ހުސެއިން/ މައުޟޫއު: އިސްލާމްިދީން މަތީ ސާބިތުވާށެވެ! - 9 މާޗް
- ޑރ. މުހައްމަދު ގުބާދު އަބޫބަކުރު/ މައުޟޫއު: އިސްލާމީ އަޅުކަންތަކުގައި ހިމެނޭ މާއްދީ އަދި ރޫހާނީ ފައިދާތައް - 13 މާޗް
- ޝައިހް މުހައްމަދު ލަތީފު އަލީ/ މައުޟޫއު: ނަމާދުގެ މާތްކަން - 16 މާޗް
- ޑރ. މޫސާ އަންވަރު ހަސަން/ މައުޟޫއު: ކީރިތި ރަސޫލާ (ޞ) ގެ ރިވެތި އަހުލާގު - 20 މާޗް
- ޑރ. އަނާރާ ނައީމް/ މައުޟޫއު: އީމާންކަން ހަރުދަނާ ކުރުމުގެ މުހިންމުކަން - 23 މާޗް
- ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް/ މައުޟޫއު: އިސްލާމީ ތައުލީމީ ނިޒާމު - 27 މާޗް
- ޝައިހް އަބްދުﷲ ސައުދާން/ މައުޟޫއު: ނުރަނގަޅު އާދަތައް ދޫކޮށްލުން. ގދ. ގައްދޫގައި - 4 މާޗް
- އުސްތާޒު އުސާމް މުހައްމަދު ސައީދު/ މައުޟޫއު: މަސައްކަތުގެ އަހުލާގު ނަބަވީ ސީރަތު. ހއ. ބާރަށް - 11 މާޗް
- ޝައިހް އިމްތިޔާޒު އައްބާސް/ މައުޟޫއު: ދީނުގެ ޝިއާރުތަކަށް ހުރުމަތްތެރިކޮށް ހިތުން. 14 މާޗް
- ޝައިޚް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް/ މައުޟޫއު: މައުޟޫއިއްޔަތާއި ނިސްބިއްޔަރުގެ ހަނގުރާމަ - 18 މާޗް
- ޝައިހް ނިމާލު މުހައްމަދު/ މައުޟޫއު: ސިހުރު، އެސްފީނަ، ހަސަދައިން ރައްކާތެރިވުން. ނ. މަނަދޫ - 21 މާޗް
- ޝައިހް އާޒިމް ހާލިދު/ މައުޟޫއު: ނަމާދަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން. ރ. މީދޫ - 25 މާޗް
ޚަބަރު
ޚަބަރު
ޚަބަރު