އޭއައިގެ ސަބަބުން ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކުން 4،000 މުވައްޒަފުން މަދުކުރަން ނިންމައިފިއެވެ.
އޭޝިޔާ ސަރަހައްދުގެ ވެސް އެންމެ މަޝްހޫރު އެއް ބޭންކު ކަމަށްވާ ސިންގަޕޫރުގެ ޑީބީއެސް އިން ވަނީ އެ ބޭންކުން އޭއައި ބޭނުންކޮށްގެން ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް ފާހަގަކޮށްފައެވެ.
ޑީބީއެސް އިން ވަނީ ކުރިޔަށް އޮތް ތިން އަހަރު ތެރޭ 4،000 މުވައްޒަފުން ވަކި ކުރުމަށް ރާވާފައިވާކަމަށް ބުނެފައެވެ. އެ ބޭންކުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، މުވައްޒަފުން ވަކިކުރާއިރު އިސްކަން ދޭނީ، ކޮންޓްރެކްޓް މުވައްޒަފުން އަދި ވަގުތީ މުވައްޒަފުން ވަކިކުރުމަށެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން، އިންސާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުންތައް ކުރީއްސުރެ އަންނަނީ ފާޅުކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ