ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު ޖަވާބުދާރީވެވަޑައިގަންނަވަމުން ދަނިކޮށް، މީކާއީލް ވަނީ އެކި ފަހަރުމަތިން ނިޒާމީ ނުކުތާ ނަންގަވައިފައެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނިޒާކީ މައްސަލައާ ބެހޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު މީކާއީލްއަށް ނުދެއްވާނެ ކަމަށާއި މީކާއީލް ނަން އިއްވާ ކަމަށެވެ. މީކާއީލްގެ ނަން އިއްވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ އެ މެންބަރުގެ ނަން އިއްވުމުގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން ނަސޭހަތްދެއްވާފައިވާ ކަމަށެވެ.
މީކާއިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ މަޖިލީހުގެ ހަ ވަރަކަށް ސެކިއުރިޓީ ވެގެންނެވެ.
ނަން އިއްވުމާ ގުޅިގެން މީކާއީލް ވިދާޅުވީ މިއީ ނިޒާމާބެހޭ މައްސަލައަކަށް އެދެނިކޮށް މަޖިލީހުގެ ތަޅުމުން މެންބަރަކު ބޭރުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކުރީ ގަވާއިދާހިލާފަށް ކަމަށް މީކާއީލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު