ހދ. ނާވައިދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

ނާވައިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ޖެނުއަރީ 16 ވަނަ ދުވަހުއެވެ.

ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 290 މީޓަރުގެ ބޭރު ތޮށި ލުމަށް ހަމަޖެހިފައި ވެއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 51.3 މިލިއަން ރުފިޔާއަށް، 15 މަސް ދުވަހުން ނިންމާ ގޮތަށެވެ.