އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމައި، ރަޖިސްޓްރީ ކުރަން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، އެރޭ 9:30 ގައި ބާއްވަން ނިންމާފައިވާ އެ ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވަން ނިންމާފައިވާތަން، އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ހާޒިރުވެގެންވެސް ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
ނަމަވެސް ހެޑްކުއާޓާސްއަށް ހާޒިރުވެ ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 50 ހިއްސާދާރުންނަށެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވޭނެއެވެ.
އުރީދޫން ވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދިފައެވެ.
އެގޮތުން ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
އުރީދޫން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025ގެ މެންދުރު 2 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު