ރަޝިއާއާއި ޔޫކްރެއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް އެމެރިކާއާއި ރަޝިއާގެ އޮފިޝަލުން ސައުދީ އަރަބިއާއަށް ގޮސްފިއެވެ.

ސައުދީން މެދުވެރިއަކަށްވެ ކުރިއަށްގެންދާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވަނީ އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯއެވެ. ރަޝިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ގައުމުން މަޝްވަރާތަކުގައި ބައިވެރިވާނީ ފޮރިން މިނިސްޓަރު ސާގީ ލަވްރޯވްއެވެ.

ސައުދީގައި މި މަޝްވަރާތައް ފެށުމަށް ނިންމުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ފޯނުން ގުޅުއްވައި ހަނގުރާމައިގެ ކަންކަމާގުޅޭ މަޝްވަރާތައް ވަނީ ކުރައްވައިފައެވެ. އަދި ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެެވެ.