ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ގޭމް ކުއެސްޓުގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ ތިން ދުވަހުގެ އެ ފޯރިގަދަ ގޭމިން ފެސްޓިވަލުގައި 400 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބޭއްވި ވާދަވެރި އިވެންޓުގައި ރޮކެޓް ލީގް، އީއެފްސީ 25 ފަދަ ގޭމުތައް ވަނީ ހިމަނައިފައެވެ. އެގޮތުން، އެ އިވެންޓް ފަރުމާކޮށްފައިވަނީ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް ބައިވެރިވެވޭ ފަދަ ގޮތަށެވެ.
ދިރާގުން ބުނީ ޑީޖީޖީން ވަނީ ގޭމް ކުއެސްޓް ސީޒަން އެކެއްގައި ބައިވެރިވެ ވަނަތައް ހޯދައިފައިވާ ގޭމާސްއަށް ޖުމުލަ 30،000 ރުފިޔާގެ އިނާމް ދީފައި ކަމަށާއި އެކަން ވެގެން ދިޔައީ، މި ގޭމް ކުއެސްޓްގައި މިހާ ގިނަ އަދަދެއްގެ ގޭމާސް ބައިވެރިވެ، މިހާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މުހިންމު ސަބަބަކަށް ކަމަށެވެ.
މިއަހަރަށް ކަނޑައަޅައިފައިވާ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފަށައި، ޑީޖީޖީން މިއަހަރަށް ތައްޔާރުވެފައިވާ މިންވަރު ފެނިގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން، ޑީޖީޖީން މިއަހަރަށް ރާވައިފައިވާ ހުރި ހަރަކާތްތަކަށް ދިވެހި ގޭމިން ކޮމިއުނިޓީން ދަނީ އިންތިޒާރުކުރަމުން ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީން ކުރިއަށްގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު