ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޔިޓާނަސް ނައުސިއެދާ އާއި ބޮޑުވަޒީރު ޔިޓާނަސް ޕަލޫކަސް އާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު، ނައުސިއެދާ އާއި ބޮޑުވަޒީރު ޕަލޫކަސް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ އެ ގައުމުގެ މިނިވަންކަމުގެ ގާރާރުގައި ސޮއިކުރި ދުވަހެވެ.
އެއީ 1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު