ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސް ތަކުގައި މޮނިއުމެންޓް ހެދުމުގެ ބަދަލުގައި އެ ތަންތަނުގައި ގަސް އިންދަން ފަށައިފިއެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ މޮނިއުމަންޓުތައް ޑިޒައިން ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ގައި ވަނީ އިއުލާންކޮށްފައެވެ. އެ މުބާރާތުގެ އެއް ވަނައަށް ދިއައީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދި މޮނިއުމެންޓު ޑިޒައިނެކެވެ. ނަމަވެސް ފާޑުކިޔުން އަމާޒުވުމުން އެޗްޑީސީން ވަނީ އެ ޑިޒައިންތައް އަލުން ރިވިއުކޮށްފައެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް (ޕޮކްމޭން) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމަށް ނިންމި ނިންމުން އާންމުންގެ ފާޑުކިޔުމާ ހުރެ ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދަން ފަށާފައިވާ އިރު، އެ ގަސް ރަނގަޅަށް ހެދި ފޯވެ، މާތައް އެޅުމުން އިތުރު ރީތި ކަމެއް ލިބޭނެ ކަމަށެވެ.
ހުޅުމާލޭގައި ހުރި ރައުންޑްއެބައުޓުތަކުގައި ފުރަތަމަ ގަސް އިންދެވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލެވެ.
ޚަބަރު
ޚަބަރު
ޚަބަރު